-Advertisement-

-Advertisement-

ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ ކުރައްވާނެ ކަމެއް ނޫން: ރައީސް މުއިއްޒު

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި ބަދަލު ހިފުމުގެ ރޫހު ނުގެންގުޅުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުގެ މަތީގައި ދެމިހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވެވި ރިޔާސީ ބަޔާނުގައިއެވެ.

ދައުލަތް ހިންގުމުގެ ދެން އޮތް ދެ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ދާއިރާ އަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސްގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގާނޫނުގެ ވެރިކަން ކަށަވަރުކޮށް، އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމު ކުރުމަށް ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބު އަދާކުރައްވާނެ ކަމަށާއި ޝަރުއީ ދާއިރާ އަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޝަރުއީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުސަތު ހަނި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް ވައުދުވެވަޑައިގެންނެވި ފަދަ އިން އެ ކަން މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-