-Advertisement-

-Advertisement-

ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް ކަންތައްތައް ކުރަމުންދާތީ މަޖިލީހަށް ކުއްލި މައްސަލައެއް

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ވަޒީފާއާ ބެހޭ ޤާނޫނަށް ސަރުކާރުން އަމަލުނުކޮށް އެ ޤާނޫނާ ޚިލާފަށް ކަންތައްތައް ކުރަމުން ދާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ.

ހިސާން ހުށަހެޅި މައްސަލައިގައި ވަނީ ބިދޭސީން ރާއްޖެ އެތެރެކޮށް ވޯކްޕާމިޓް ދިނުމުގެ އިޙްތިޔާރު ލިބިގެންވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ސެކިއުރިޓީ އަށް ނަމަވެސް، ވަޒީފާއާ ބެހޭ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި މިނިސްޓްރީން ހަދަން ޖެހޭ ޤަވާއިދުތައް ހަދާ ހިންގުމަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބާރއެންޑް ސްކިލްސް ޑެވެލޮޕްމެންޓުން ހިންގަންޖެހޭ ކަމެއް ކަމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.

“ވަޒީފާއާ ބެހޭ ޤާނޫނުގެ 65ވަނަ މާއްދާގެ (ހ) ގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި، ވަޒީފާ އަދާކުރުމުގެ މުއްދަތަށް ދިވެހިރާއްޖޭގެ ހުރުމުގެ ހުއްދަ ނުވަތަ ވޯކްޕާމިޓް ދިނުމުގެ އިޙްތިޔާރު އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން, ކަމާއި ގުޅޭ މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވީ ހިނދު، ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ކޯޓާ ދޫކުރުމާއި ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވާ ހިންގުމަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ސެކިއުރިޓީ މެންޑޭޓުގައި ހިމަނާފައިވާ ކަމެއް ކަމަށާއި ނަމަވެސް ވަޒީފާއާ ބެހޭ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި މިނިސްޓްރީން ހަދަން ޖެހޭ ޤަވައިދުތައް ހަދާ ހިންގުމަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބާރއެންޑް ސްކިލްސް ޑެވެލޮޕްމެންޓުން ހިންގަންޖެހޭ ކަމެއް ކަމަށް ބަޔާންކޮށް 17 ނޮވެމްބަރ 2023 ވަނަ ދުވަހު މިވަނީ ސަރުކާރުން އިއުލާންކޮށްފަ.” ހިސާން ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ޤާނޫނުގައި ވާގޮތުން އެ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތެއްގައި އެ ޤާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދާނީ މިނިސްޓަރު ކަމަށާއި  ޤާނޫނުގައި މިހެން ވިދާޅުވެފައިވަނިކޮށް ދެ މިނިސްޓްރީ ދެމެދު ބަހާލައިގެން މިފަދަ ކަމެއް ނުކުރެވޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ، އެހެން ގައުމަކުން ވަޒީފާ އަދާކުރުމަށް ގެނެވޭނީ އެއްލައްކަ މީހުން ކަމަށް ޤާނޫނުގައި ބުނެފައިވަނިކޮށް ދިވެހި ސަރުކާރުން އެންމެ ފަހުން އާންމުކޮށްފައިވާ ފޮރިން ލޭބާ ސްޓެޓިސްޓިކްސް އެންޑްއެކްސްޕެކްޓް ސިސްޓަމް 2023ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި މިވަގުތު 139،220 ބަންގްލަދޭޝް އެކްޓިވް ވޯކް ޕާމިޓް ހޯލްޑާސް އެބަތިބިކަމަށެވެ..

އަދި ހަމަ އެހެންމެ، އަން ސްކިލްޑް ލޭބަރުންގެ ގޮތުގައި ބަންގްލަދޭޝް މީހުން ރާއްޖެ ގެނެވޭ ގޮތަށް ހޯމްލޭންޑް މިނިސްޓްރީން ނިންމާފައިވާ ނިންމުމަކީވެސް ޤާވައިދާ ޚިލާފަށް ނިންމާފައިވާ ނިންމެވުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-