ރާއްޖޭގެ މަސްވެރިކަމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސައުދީ އިން ނިންމައިފިއެވެ.
އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ސައުދީ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެހީތެރިވެދޭން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއިއެކު ބައްދަލުވުމެއް ބާއްވާފައެވެ. އަދި މި ބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ސައުދީ އިންޓަރނޭޝަނަލް މެރިން އެގްޒިބިޝަންގެ ހުޅުވުމުގެ ރަސްމިޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ގައުމަށް ފައިދާކުރަނިވި ދަތުރެއްކަން ވަޒީރު ޝިޔާމް ސައުދީ ވަނީ ވިދާޅުވެފައެވެ.
އަދި ރާޢްޖެއަށް ކުރިއަށްއޮތްތަނުގައިވެސް ސައުދީ ފަންޑުގެ އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަގީންކަން އެ ފަންޑުން ދީފައިވާކަމަށްވެސް ވަޒީރު ޝިޔާމް ސައުދީ ވަނީ ވިދާޅުވެފައެވެ.
ސައުދީގެ މި އެގްސިބިޝަނަކީ އެ ގައުމުގައި ކެއުމަށް ބޭނުންކުރާ ކަނޑުގެ ދިރުންތައް ދައްކުވައިދޭ އެންމެ ބޮޑު އެގްޒިބިޝަނެވެ.