ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަހަރުގެ ރޯދަމަސް ނިމިގެން 10 ދުވަސް ފަހުން ބޭއްވުމަށް އެ މައްސަލަ ދިރާސާ ކުރި ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އިންތިހާބު ބޭއްވުމަށް ނިންމާފައެވެ. އިލެކްޝަންސްގެ ފަރާތުން މި ނިމްމެވުން ނިންމާފައިވަނީ ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް އެމްޑީޕީގެ ފަރާތުން އިންތިހާބުތަކާއި ބެހޭ ޤާނޫނަށް އިސްލާހެއް ހުށަހަޅާފައިވަނިކޮށެވެ.
މިއަދު ބޭއްވި މަޖިލިސް އިންތިހާބު ދިރާސާ ކުރި ވަގުތީ ކޮމީޓީގެ ބައްދަލުވުމުގައި ވަނީ ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުން އިންތިހާބު ބޭއްވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފައެވެ.
އެ ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ހުރި މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒު ފަހުމީ ވިދާޅުވީ، ކުރިން ވެސް އެމްޑީޕީން ހުށަހަޅާފައިވާ ގޮތަށް ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުން މަޖިލިސް އިންތިހާބު ބޭއްވުމަށް ކޮމިޓީ މެމްމްބަރުންގެ އިއްތިފާގުން މިއަދު ފާސް ކޮށްފައިވާ ކަމަށާއި.
ކޮމިޓީން އެގޮތަށް ފާސް ކޮށްފައިވަނީ އީސީން ވެސް ހުށަހަޅާފައިވާ ބައެއް ކަންކަން ރަނގަޅު ކުރެއްވުމަށް ފަހު ކަމަށް ވެސް އިމްތިޔާޒު ވިދާޅުވިއެވެ.