ސޮވެރިން ޑިވެލޮޕްމަންޑް ފަންޑް (އެސްޑީއެފް) އަށް މި އަހަރު 87 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައި ގޮތުން މިމަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް 87 މިލިއަން ރުފިޔާ ޖަމާކޮށްފައިވީ ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް 89.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.
އެސްޑީއެފްއަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެ ދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ.
މި ފަންޑަށް މިއަހަރު އެއް ބިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް ވަނީ އަންދާޒާކޮށްފައި އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭރު ފައިސާ ގައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައް ހޯއްދަވަމުން ގެންދަވާ ކަމަށާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ބެހޭ ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެންދަރަނި އަދާކުރަން 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ސޮވްރިން ފަންޑުން ރުފިޔާ ބޭނުންކުރަން ސަރުކާރުން ނިންމާފައިވާއިރު، އޭގެ ތެރޭގައި 2026 ވަނަ އަހަރުގެ ބޮޑު ދަރަނީގެ ގޮތުގައި ސީދާ ގޮތުން ދައްކަންޖެހޭ 9.8 ބިލިއަން ރުފިޔާގެ ތެރެއިން އެސްޑީއެފްއިން 3.8 ބިލިއަން ރުފިޔާ ދައްކަން ވަނީ ނިންމާފަ އެވެ.