-Advertisement-

-Advertisement-

‎މޫސުން ގޯސްވެ، ނުވަ އަތޮޅަކަށް ހުދު ސަމާލު

މާލެއަށް މިހާރު ކުރިޔަށްދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފައި. ފޮޓޯ: މުހައްމަދު ޝާބިން / ނިއުސްލެބް

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މޫސުން ގޯސްވެ، ނުވަ އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހެނދުނު 9:30 އިން މެންދުރު ފަހު15:30 އާއި ހަމައަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު ދެކުނާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއްރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.

އިރު އުތުރާއި އިރުން، މެދު ރައްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލައި 23 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށްގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-