-Advertisement-

-Advertisement-

ޣައްޒާ މައްސަލައިގައި އީރާނުން އެމެރިކާއާއި މަޝްވަރާ ކުރަނީ

ފޮޓޯ: ދަ ޓައިމްސް އޮފް އިސްރާއީލް

އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމާ ބެހޭ މަޝްވަރާތަކެއް އެމެރިކާއާ އެކު ކުރިއަށް ގެންދާކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި އެތަކެއް ފަހަރެއް މަތިން މެސެޖުތައް ބަދަލު ކޮށްފައިވާ ކަމަށެވެ.

ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ކުރެއްވި ދަތުރުފުޅަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޢަބްދުއްލުހައްޔާނީ ވިދާޅުވީ އީރާނާއި އެމެރިކާއާ ދެމެދު ބަދަލު ކޮށްފައިވާ މެސެޖުތަކުގައި ޔަހޫދީންގެ ޢުދުވާނުގެ މައްސަލައިގެ އިތުރުން ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް ޙިޒްބުاللهއިން ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް ދެމުންދާ ޙަމަލާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ޢަބްދުލްލުހައްޔާނީ ވިދާޅުވީ ޙިޒްބުاللهގެ ޙަމަލާތައް ހުއްޓުވުމަށް އެމެރިކާއިން އީރާނުގެ ކިބައިން އެދިފައިވާ ކަމުގައެވެ. އަދި ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ހަނގުރާމައެއް ނުފެށުމަށް ޙިޒްބުاللهއަށް އިރުޝާދު ދިނުމަށް އެދިފައިވާ ކަމުގައެވެ. ޙިޒްބުاللهއަކީ އީރާނުން ވާގިވެރިވާ ‘އެކްސިސް އޮފް ރެސިސްޓެންސް’ގެ ބައިވެރިއެކެވެ.

ޣައްޒާގެ ޢުދުވާންތަކަށް ނިމުމެއް ގެނެވޭނީ ސިޔާސީ ހައްލެއް ހޯދައިގެން ކަމަށާއި, މި ކަމާ ގުޅޭ ގޮތުން ސަޢޫދީ ޢަރަބިއްޔާއާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-