-Advertisement-

-Advertisement-

ބީއެމްއެލްގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ މިންވަރު 10 ޕަސެންޓު ކުޑަކުރަނީ

ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ބޭރު ގައުމުތަކުގައި ތިބެގެން މުއާމަލާތް ކުރެވޭ މިންވަރު 10 ޕަސެންޓު ކުޑަކުރަން ނިންމާ، މި މަހުގެ ތެރޭގައި އެ ނިންމުން ތަންފީޒުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލް އިން ނިންމާފައި ވަނީ ބޭރުގައި ތިބެގެން ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ވެސް މުއާމަލާތް ކުރެވޭ މިންވަރު ކުޑަކުރުމަށެވެ. އަދި މިއީ ޑޮލަރުގެ ހާލަތަށް ބަދަލު ނާންނަ ކަމުގައި ވަންޏާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ބޭންކުގެ ބޯޑުން ނިންމާފައިވާ ނިންމުމެއްގެ ދަށުން އަޅާ ފިޔަވަޅެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ބޭރު ގައުމެއްގައި ބީއެމްއެލްގެ ޑެބިޓް ކާޑަކުން މިހާރު މުއާމަލާތް ކުރެވެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ. ކްރެޑިޓް ކާޑަކުން މުއާމަލާތްކުރެވެނީ 750 ޑޮލަރާ ހަމައަށެވެ. ބޭންކުން ގެންނަން ނިންމާފައިވާ ބަދަލުތަކާއެކީ ދެން މުއާލަމާތް ކުރެވޭނީ ޑެބިޓް ކާޑަކުން 225 ޑޮލަރު އަދި ކްރެޑިޓް ކާޑަކުން 675 ޑޮލަރެވެ.

ބޭންކަށް ޑޮލަރު ތާށިކަމެއް އައިސްގެން އުޅެނީ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރާ ޑޮލަރުގެ އަދަދު މަދުވުމާ ގުޅިގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-