-Advertisement-

-Advertisement-

ބީއެމްއެލްގެ ކާޑު ލިމިޓު ކުޑަ ކުރަން ނިންމާފައި ނުވާނެ، ދައުރުވީ ހަގީގަތާއި ހިލާފު ހަބަރުތަކެއް: ފިނޭންސް

ބީއެމްއެލްގެ ކާޑެއް; ކާޑު ލިމިޓު ކުޑަ ކުރަން ނިންމާފައި

ބީއެމްއެލްގެ ކާޑު ލިމިޓު ކުޑަ ކުރަން ނިންމާފައި ނުވާނެ ކަމަށާއި ދައުރުވީ ހަގީގަތާއި ހިލާފު ހަބަރުތަކެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް އެ މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި ބީއެމްއެލްއިން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ ޑޮލަރު ނެގޭ ލިމިޓް 225 އަށް ބަދަލުކުރުމަށްފަހު ހާލަތަށް ބަދަލު ނައިސްފި ކަމަށްވަނީ ނަމަ 25 އަށް ތިރިކުރަން ރާވާފައިވާ ކަމަށް ބުނެ ބައެެއް މަސްދަރުތަކުގައި ރިޕޯޓުކޮށްފައިވަނީ ދޮގު ހަބަރުތަކެއް ކަމަށެވެ.

އަދި އެފަދަ ނިންމުމެއް ނުނިންމާނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން އެ މިނިސްޓްރީއަށް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

ބޭރު ގައުމެއްގައި ބީއެމްއެލްގެ ޑެބިޓް ކާޑަކުން މިހާރު މުއާމަލާތް ކުރެވެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ. ކްރެޑިޓް ކާޑަކުން މުއާމަލާތްކުރެވެނީ 750 ޑޮލަރާ ހަމައަށެވެ.

މީގެ އިތުރުން މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމަށް ކުރިމަތިވެފައިހުރި މާލީ ދަތިތަކުމުން އަރައިގަނެ، ރާއްޖޭގެ އިގުތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަދި މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ ހަބަރުތައް ނުފެތުރުމުގެ އިތުރުން ޒިންމާދާރު ކަމާއެކު ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ ހުރިހާ މީޑިއާ ތަކަށް ގޮވާލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-