-Advertisement-

-Advertisement-

މަޖިލިސް އިންތިހާބުގައި ވާދަކުރަން އަދާލަތު ޕާޓީގެ 4 ކެންޑިޑޭޓުން ފޯމް ހުށަހަޅައިފި

ފޮޓޯ؛ ސަން އޮންލައިން

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ހަތަރު ބޭފުޅުންގެ ކެންޑިޑެސީ ފޯމް ހުށަހަޅައިފިއެވެ.

އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުން:

  • ވައިކަރަދޫ ދާއިރާ – ހުސައިން ސަގީފް
  • މަކުނުދޫ ދާއިރާ – އިމްރާން އަބްދުﷲ (ކުރީގެ ހޯމް މިނިސްޓަރު)
  • އިނގުރައިދޫ ދާއިރާ – އިސްމާއީލް އަލީ
  • ފުނަދޫ ދާއިރާ – އިސްމާއީލް ހަމީދު

ރާއްޖޭގައި މިހާތަނަށް ބޭއްވި މަޖިލިސް އިންތިހާބުތަކުގައި އަދާލަތު ޕާޓީއަށް މާ ބޮޑު ކާމިޔާބީއެއް ހޯދިފައި ނުވާއިރު، މަޖިލިހުގެ ތާރީހުގައި ވެސް އެ ޕާޓީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ. އެއީ 18 ވަނަ މަޖިލިހުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި މަކުނުދޫ ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވި އަނާރާ ނައީމްގެ ގޮނޑިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-