މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ފޯމު ހުށަހަޅުއްވައިފިއެވެ. ނަހުލާގެ ފޯމް ހުށަހެޅުއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަޑައިގަތީ އޭނާގެ މަންމަ އާއި ބައްޕައެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޕާޓީގެ ލީޑަރު، މާމިމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ނަހުލާ ސިޔާސީ މައިދާނަށް ނުކުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާސިމްގެ މައްޗަށް ރިޝްވަތުގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ޖަލަށްލުމާ ގުޅިގެންނެވެ.
ރައީސް ސޯލިހްގެ ވެރިކަމުގައި ނަހުލާ އަދާކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރުކަމެވެ. އޭނާ ވަނީ މިދިޔަ ފަސް އަހަރު ދުވަހު އެ މަގާމުގައި ދެމިހުންނަވައިފައެވެ.