-Advertisement-

-Advertisement-

އީވާގެ ގަރާރަށް ގޮތެއް ނިންމެންދެން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލުނުކޮށް ފަސްކުރަނީ!

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އައްޔަން ކުރި މައްސަލާގައި ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމަން ދެން ރުހުން ދިނުމުގެ މައްސަލަ ތާވަލު ނުކޮށް ފަސްކުރަން މަޖިލީހުން މިއަދު ނިންމައިފި އެވެ.

މަޖިލީހުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ފާސްކުރި ނަމަވެސް އޭގެ ދެ ތިން ގަޑިއިރު ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.

އެ މައްސަލާގައި ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އީވާ އަބްދުﷲ ވަނީ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށާއި ސަރުކާރުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ދެ ވަނަ ފަހަރަށް އެ ތިން ވަޒީރުން އައްޔަންކުރި މައްސަލައާ މެދު މަޖިލީހުން އަމަލު ކުރަން ފެންނަ ގޮތެއް އީވާގެ ގަރާރު ފާސްކުރުމުން އެނގޭނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-