-Advertisement-

-Advertisement-

މާލޭގެ އިމާރާތަކުން މީހަކު ވެއްޓިގެން ފަރުވާދެނީ

Breaking News 2

މާލޭގައި އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓިގެން މިއަދު ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ޗާނދަނީ މަގުގައި ހުންނަ އިމާރާތެއްގެ މަތިން އިންޑިއާގެ މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.

އެ މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެ މީހާ ވެއްޓުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، އެ ހާދިސާ ހިނގީ ކިހިނެއް ކަމެއް އަދި އެ މީހާ ވެއްޓުނީ ކިތައް ވަނަ ފަންގިފިލާ އިން ކަމެއް އަދި ސާފެއް ނުވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-