ބްލެޑާއަށް ހާލަތެއް ދިމާވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި އެމެރިކާގެ ވަޒީރު ލޮއިޑް އޮސްޓިންގެ ހާލު ސީރިއަސްކަމަށް އޭނާ އެޑްމިޓް ކޮށްފައިވާ ވޯޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުން ބުނެފިއެވެ.
މިއީ ލޮއިޑް އޮސްޓިން މި އަހަރު ހޮސްޕިޓަލުގައި އެޑްމިޓްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ހޮސްޕިޓަލުގައި އެޑްމިޓުކުރީ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ކުރައްވަން ކަމަށް ބޭރުގެ މަސްދަރަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެފަހަރު އޮސްޓިންގެ ހާލަތު ރަނގަޅުވުމާއެކު ވަޒީފާއަށް ވަނީ ނުކުންނަވާފައެވެ.
ނަމަވެސް މިފަހަރު އޮސްޓިން އެޑްމިޓްކުރީ ބްލެޑާއަށް ހާލަތެއް ދިމާވެގެން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ޕެންޓަގަނުން ބުނާ ގޮތުން އޮސްޓިން އައިސީޔޫއަށް ބަދަލުކުރުމުގެ ކުރިން ވަޒީފާގެ ޒިންމާތައް އެނާގެ ނައިބު، ކެތުލީން ހިކްސްއަށް ވަނީ ހަވާލުކުރައްވާފައެވެ.
އެމެރިކާގެ ކަޅު ނަސްލުން ޕެންޓަގަނަށް ހޮވިވަޑައިގެންނެވި ފުރަތަމަ ވަޒީރަކީ އޮސްޓިންއެވެ. އެމެރިކާގައި ނަސްލީ ތަފާތުކުރުން ނޯންނަ ކަމަށް ބުނި ނަމަވެސް ސަރުކާރު މަގާމުތައް ދިނުމުގައިވެސް ތަފާތުކުރުން އިންތިހާއަށް ބޮޑެވެ.