އެމްއައިބީގެ ރުފިޔާ ކާޑުތަކުގެ ތެރެއިން އެ ބޭންކުގެ އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވާ ލިމިޓު އިތުރުކޮށްފި އެވެ.
ބޭރުގެ މުއާމަލާތްތައް ކުރުމަށް މީގެކުރިން އެ ބެންކުން ކަނޑައަޅާފައިވާ ލިމިޓަކީ ކޮންމެ މަހަކަށް 100 ޑޮލަރެވެ. މި ލިމިޓް މިހާރު ވަނީ 250 ޑޮލަރަށް ބޮޑުކޮށްފަ އެވެ.
އެމްއައިބީއިން މައުލޫމާތު ދީފައިވާ ގޮތުގައި ގޮތުގައި އެ ބެންކުގެ އެކައުންޓުތަކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް، ބެންކަށް މުސާރަ ޖަމާކުރަން ފަށާ ފުރަތަމަ މަހުން ފެށިގެން އެ ބެންކުގެ “މިބްނައިން” ކްލަބުގެ މެމްބާޝިޕުގެ ދަށުން މި ފަދަ އެކި ލުއިފަސޭހަތަކާއި ފައިދާތައް ލިބޭނެ އެވެ. އޭގެ ތެރޭގައި އެމްއައިބީގެ ފައިނޭންސިން ފެސިލިޓީ، “އުޖާލާ ދިރިއުޅުމު”ގެ ޕްރޮފިޓް ރޭޓަށް ނަގާ 15 ޕަސެންޓު 13 ޕަސެންޓަށް ކުޑަވުމާއި، ފައިނޭންސިން ފީއަށް ނަގާ އެއް ޕަސެންޓު 0.5 ޕަސެންޓަށް ކުޑަވުން ހިމެނެ އެވެ. އަދި ވިސާ އެވްރީޑޭ ކާޑުގެ ރެޖިސްޓްރޭޝަން ފީ ދައްކަން ނުޖެހުން ފަދަ ފައިދާތައް ހިމެނެ އެވެ.