-Advertisement-

-Advertisement-

ޣައްސާން 241 ކޮމިޓީއަށް ހާޒިރުކުރަނީ

ފޮޓޯ؛ އަވަްސް އެމްވީ

އަންޑިޔާ ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި ރާއްޖޭގެ މަސްދޯޔަކަށް އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން ނިންމައިފި އެވެ.

ޖެނުއަރީ 31 ވަނަ ދުވަހު އިންޑިޔާ ސިފައިން ހަތިޔާރާއެކުގައި އަރާ ބިރު ދައްކާފައިވަނީ “އަސުރުމާ 3” ދޯންޏާއި “ނިރު 7” އަދި “މާހޯރަ 3” ދޯންޏަށެވެ. އޭފަހުން 1 ފެބްރުއަރީ ގައި “މާހޯރަ 3” ދޯންޏަށް ވެސް ބޭރުގެ ސަފައިން އަރާފައިވާކަމަށް އެދޯނިން ބުނެފައިވެއެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ހާޒިރުކުރަނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ހާމަކޮއްދެއްވުމަށް އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ނިންމާފައިވާތީއެވެ.

ޣައްސާން ކޮމެޓީއަށް ހާޒިރުކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަންވެސް ވަނީ ހުށަހަޅާފަ އެވެ. މިނިސްޓަރު ޣައްސާން މަޖިލީހަށް ހާޒިރުކުރަން ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-