ޕީޕީއެމް/ޕީއެންސީގައި ޕްރައިމަރީގައި ބަލިވި ބައެއް ކެންޑިޑޭޓުން މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމައިފިއެވެ.
މިކަން އެ ކެންޑިޑޭޓުން ވަނީ ހާމަކޮށްދީފައެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ބައެއް ކެންޑިޑޭޓުންނަކީ:
- އަނާރާ ނައީމް- ހުރާ ދާއިރާ
- ދުންޔާ މައުމޫން- ހުޅުމާލެ ދެކުނު ދާއިރާ
- ނަބީލް ޒަމީރު- މިލަންދޫ ދާއިރާ
- އަހުމަދު އިބްރާހީމް- ފުނަދޫ ދާއިރާ
މަޖިލިސް އިންތިހާބަށް އެންމެ ބޮޑު ޕްރައިމަރީއެއް ބޭއްވީ ޕީޕީއެމް/ޕީއެންސީ އިންނެވެ. އެ ދެ ޕާޓީން އެކުގައި ބޭއްވި ޕްރައިމަރީ އަށް 73 ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރި އެވެ. އިންތިހާބުގައި ނާކާމިޔާބުވި ބައެއް ކެންޑިޑޭޓުންވަނީ ޕީޕީއެމް/ޕީއެންސީ އިން ވަކިވެ އަމިއްލަ ގޮތުން ކުރިމަތިލާން ނިންމާފައެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.
އަދި މަޖިލީހަށް ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިއަދު މެންދުރުު 02:00 ގައި ވަނީ ހަމަވެފައެވެ.