-Advertisement-

-Advertisement-

މަޖިލިސް އިންތިހާބުގައި ވާދަކުރަން 381 ކެންޑިޑޭޓުން ފޯމު ލައިފި

މަޖިލިސް

މަޖިލިސް އިންތިހާބުގައި ވާދަކުރަން 381 ކެންޑިޑޭޓުން ފޯމު ލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މިއަދު މެންދުރު 02:00 ގައި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވާއިރު، 93 ދާއިރާއަކަށް 381 ކެންޑިޑޭޓުން ކުރިމަތިލިކަމަށެވެ.

އެއީ މިހާތަނަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންނަށް ވާތީ، އޭގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީން ބާތިލްކުރާނެ އެވެ. އެހެންވެ، އެ އަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް އީސީއިން ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނަކާއި، 145،162 ފިރިހެނަކަށް ވޯޓު ލެވޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-