ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދުމަށް އިއުލާން ކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓްގެ ޑްރަގް ޓްރެފިކިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.
އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.
ހޯދުމަށް އިއުލާން ކޮށްފައިވަނީ މުހައްމަދު އަކްރަމް އަބްދުލްޙަންނާން، ގދ. ހޯނޑެއްދޫ / ދޯދި، (34އ) އެވެ.
އެމީހާ ހާޒިރުވާން އަންގާފައި ވަނީ އަންނަ ފެބްރުއަރީ 29 ވަނަ ދުވަހު މެންދުރު ފަހު 14:00 އަށެވެ.