މަންޓާ އެއާގެ އެންމެ ފުރަތަ އިންޓަނޭޝަނަލް ފްލައިޓް ދ. ކުޑަހުވަދޫގައި އޮންނަ ދ. އަތޮޅު އެއާޕޯޓަށް ޖައްސައިފިއެވެ.
މިއަދު އިންޑިއާގެ ބެންގަލޫރުން ފުރައިގެން މަންޓާ އެއާގެ ފްލައިޓް ދ. އެއާޕޯޓަށް ޖައްސާފައިވާއިރު، މިއީ އެ އެއާލައިނުގެ ބައިނަލްއަގުވާމީ ފުރަތަމަ ދަތުރެވެ.
މަންޓާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މާޗްމަހުން ފެށިގެން ހަފްތާއަކު 3 ދަތުރު ބެންގަލޫރުން ދ. އެއާޕޯޓަށް ހަމަޖެއްސުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
އިންޑިއާގެ ބެންގަލޫރަކީ ބޭސް ފަރުވާގެ ކަންކަމަށާއި ޗުއްޓީއަށް ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ މަންޒިލެކެވެ. އިންޑިއާ ދަތުރުތައް ފެށުމަށް ފަހު މަންޓާ އިން އަންނަނީ ރާއްޖެ އާއި ސްރީލަންކާއާ ދެމެދުވެސް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންނެވެ.
މީގެ ފަސް އަހަރު ކުރިން އޮޕަރޭޝަން ފެށި މަންޓާއިން އަންނަނީ ކުޑަހުވަދޫއަށާއި ދަރަވަންދޫއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އޭގެ އިތުރުން ރިސޯޓުތަކަށް ސީޕްލޭންގައި ދަތުރުތައް ކުރެއެވެ.