-Advertisement-

-Advertisement-

“ވާނުވާ އުވާލާ” އިވެންޓު ކުރިއަށް ނުގެންދަން ފުލުހުން އަންގައިފި

ފުލުހުންގެ ހެޑް އޮފީސް ކަމަށްވާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

ވާނުވާ” ބަންދު އުވާލުމަށް ގޮވާލާ މޯލްޑިވްސް ހިއުމަން ރައިޓްސް ޑިޓައިނީސް ވޮޗް އިން މިއަދު ހަވީރު ކުރިއަށް ގެންދަން ނިންމާފައިވާ އިހުތިޖާޖު ކުރިއަށް ނުގެންދިޔުމަށް ފުލުހުން އަންގައިފިއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ވާނުވާ އުވާލާ” އިވެންޓު ހުއްޓާލުމަށް ދިވެހި ފުލުހުންގެ އިދާރާއިން އަންގާފައިވާ ކަމަށެވެ.

މި އިވެންޓު ކުރިއަށް ގެންދިއުމަށް ބޭނުންވާ ސަރަހައްދުގެ ހުއްދަ ސިޓީ ކައުންސިލުން ހޯދާ، އަދި އިވެންޓުގެ އިންތިޒާމުތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެއްބާރުލުމާއި އެކު ކުރިއަށް ގެންދިއުމަށް އެ އިދާރާއާއި އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި ފުލުހުންގެ އިދާރާއިން މި އިވެންޓަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށާއި ނަމަވެސް ރޭގެ ދަންވަރުގެ ވަގުތެއްގައި އެ އިވެންޓު ކުރިޔަށް ނުގެންދިޔުމަށް ލިޔުމަކުން އަންގާފައިވާ ކަމަށާއި އެ އަމުރާ ހިލާފުވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާ ކަމަށް މޯލްޑިވްސް ހިއުމަން ރައިޓްސް ޑިޓައިނީސް ވޮޗްއިން ބުނެފައިވެއެވެ.

ކުރެވޭ ތުހުމަތެއްގެ މައްޗަށް ޝަރީއަތަކާ ނުލައި އަހަރު ތަކަކަށް ބަންދުކޮށްފައި އޮންނަ އަނިޔާވެރި އޮތުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި، ގާނޫނީ ފަރާތްތަކާއި، އަދިވެސް ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުން ދާއިރުވެސް، މިކަމަށް ސަރުކާރުތަކުން ހައްލެއް ހޯއްދަވައިދެއްވުގު ބަދަލުގައި، މިފަދަ އަނިޔާވެރިކަންކަން ހުއްޓުވަން މަސައްކަތްކޮށް އަޑުއުފުލާ ޖަމިއްޔާތަކުގެ ސުލްހަވެރި ހަރަކާތްތައް ފުލުހުންގެ އިދާރާއިން ހުއްޓުވުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ހިއުމަން ރައިޓްސް ޑިޓައިނީސް ވޮޗްއިން ބުނާގޮތުން އެ ޖަމިއްޔާގެ ރަސްމީ އެންމެހައި ހަރަކާތްތަކަކީ މުއައްސަސާތަކުގެ ހުއްދައާއި އެކު ހިންގާ ސުލްހަވެރި ހަރަކާތްތަކެކެވެ. އެހެންކަމުން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެވޭނޭ އިތުރު އިންތިޒާމްތައް ހަމަޖައްސައިގެން ޙައްޤުތައް ހޯދުމަށް މިކުރެވޭ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނޭ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އަދި މިއަދު އިވެންޓޫ ނުބޭއްވުނު ކަމުގައިވިޔަސް މި އިވެންޓު އެހެން ދުވަހަކުން ކުރިޔަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-