-Advertisement-

-Advertisement-

އާއިލާއަށް ވަޅިން ބިރުދެއްކި މީހަކު ހައްޔަރުކޮށްފި

މާލެސިޓީ މަގުމަތީގައި ޓެކްސީތައް ދުއްވަނީ – ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އާއިލާއަށް ވަޅިން ބިރުދެއްކި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި އެ މީހާއަކީ މީގެ ކުރިންވެސް އެކި މައްސަލަތަކުގައި ހައްޔަރު ކުރި މީހެކެވެ.

އޭނާއާ ގުޅޭ ބަންދު އަމުރުގައި ވަނީ އޭނާ ވަޅިއަކުން ބިރުދައްކާ އާއިލާ މީހުންނަށް އިންޒާރު ދިން ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހާފައެވެ.

އޭނާއަކީ މީގެ ކުރިން 31 ފަހަރަށް ހައްޔަރުކޮށް، ބަންދުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-