-Advertisement-

-Advertisement-

ނަވަލްނީގެ ގަބުރު ފޮރުވާފައިވާ ކަމަށް ތުހުމަތުކޮށްފި

ނަވަލްނީ . ފޮޓޯ؛ އައި ނިއުސް

ޖަލުގައި މަރުވެފައިވާ ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ހަށިގަނޑު ފޮރުވާފައިވާ ކަމަށް އޭނާގެ ޓީމުން ތުހުމަތުކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނަވަލްނީގެ ގަބުރު އާއިލާއާ ހަވާލު ކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކަމަށް ރަޝިއާގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ދެ މައްސަލައެއްގައި ޖުމުލަ 28 އަހަރުގެ ޖަލު ތަންފީޒު ކުރަމުން ގެންދިޔަ ނަވަލްނީ ޖަލުގައި މަރާލި ކަމަށް ނަވަލްނީގެ ޓީމުން ތުހުމަތު ކޮށްފައި ވާއިރު އޭނާ މަރާލީ ރަޝިއާގެ ރައީސް ލެޑިމިއާ ޕުޓިންގެ އޯޑަރަށް ކަމަށްވެސް އެ ޓީމުން ތުހުމަތު ކުރި ނަމަވެސް ނަވަލްނީގެ މަރާ ގުޅިގެން މިހާތަނަށް ޕުޓިން ރަސްމީކޮށް އަދި ނުރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ނަވަލްނީގެ މަރާ ގުޅިގެން ރަޝިއާގައި ކުރިޔަށް ގެންދާ އިހުތިޖާޖުތަކުގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާއިރު، ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ.

ނަވަލްނީ އެންމެ ފަހުން ހައްޔަރު ކުރީ 2021 ގައި ދަތުރު ކުރެއްވުމުންނެވެ.

އޭގެ ކުރިން ވިހަވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ނަވަލްނީ ޖަރުމަނުގައި ފަރުވާ ހޯއްދަވާފައި ވާއިރު، އޭނާ ތުހުމަތު ކުރައްވާ ގޮތުގައި އެކަމުގެ ފަހަތުގައި އޮތީ ރަޝިއާ ސަރުކާރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-