ހަތަރު ދުވަހުގެ ދަތުރެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑޫއަށް ވަޑައިގަންނަވާނެއެވެ.
އައްޑޫއަށް ރައީސް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައި، އާންމުންގެ އަޑު އައްސަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ލިބިފައިވެއެވެ.
މާލެއަށްފަހު ދިވެހިރާއްޖޭގެ އެންމެ ބޮޑު އާބާދީ އައްޑޫއަށް ރައީސް މިއަދު މި ވަޑައިގަންނަވަނީ ތ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް މި މަހު ވަޑައިގަތުމަށްފަހެވެ.
ތ. އަތޮޅުގެ ޖުމުލަ 10 ރަށަކަށް ރައީސް މުއިއްޒު ވަޑައިގެންނެވި އެވެ.