-Advertisement-

-Advertisement-

ގައުމީ އިނާމާ ބެހޭ ކޮމިޓީން އަނީސާ އިސްތިއުފާ ދެއްވުމުން ޗެއާޕާސަނަކަށް ކަށިމާ ޝާކިރު

ފޮޓޯ: ރައްޔުތުންގެ މަޖިލިސް

އަހަރުތަކަކަށް ފަހު ގައުމީ އިނާމާބެހޭ ކޮމިޓީން، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުގެ ފަރާތުން މިއަދު މައުލޫމާތު ލިބިފައިވާ ގޮތުގައި ސިއްހީ ސަބަބުތަކާ ހެދި އަނީސާ އިސްތިއުފާ ދެއްވުމުން، އެ ކޮމިޓީގެ އިސްވެރިއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަށިމާ އަހުމަދު ޝާކިރު އައްޔަން ކުރައްވާފައިއެވެ.

އަނީސާގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައި ރައީސް ވަނީ ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ދިގު މުއްދަތެއްގައި ކޮށްދެއްވި އަގުހުރި ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް އަނީސާ އައްޔަންކުރެއްވީ 2014 ވަނަ އަހަރެވެ. އޭރު އޭނާ ހުންނެވީ ކޮމިޓީގެ މެމްބަރަކަށެވެ. އެ ކޮމިޓީގެ ޗެއާޕާސަނަށް އައްޔަންކުރެއްވީ ޖެނުއަރީ 2018 ގަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-