-Advertisement-

-Advertisement-

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވަން ރަސްމީގޮތުގައި އިއުލާނުކުރައްވައިފި

ފޮޓޯ؛ ދަ ޓައިމްސް އޮފް އައްޑޫ

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ ކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި ޕާޓީގެ އާއްމު މެންބަރުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިއުމުގެ މަސައްކަތް ފަށަން ޖެހޭކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ އާ ފޯރިއާއި އާ ޖޯޝަކާއެކު އާ ބާރެއްގައި އެންމެން އަތުގުޅާލުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ. އެކަން ބަލާލި ކޮންމެ ދިމއައަކުންވެސް ފެންނަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ފިޔަވާ މިހާތަނަށް އެމްޑީޕީގެ ރައީސް ކަމަށް އިތުރު ބޭފުޅަކު ކުރިމަތިލާފައެއް ނުވެއެވެ. އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 2 ވަނަ ދުވަހަށް ވީއިރު މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު ޖޫން 21، 2023 ގައި އެމްޑީޕީން ވަކިވެ ވަޑައިގަތުމާ ގުޅިގެން، ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ވަގުތީ ގޮތުން ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖައްސައިފަ އެވެ. މިހާރުވެސް އެ މަގާމުގައި ހުންނެވީ އެމަނިކުފާނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-