-Advertisement-

-Advertisement-

ކަސްޓަމްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޑެޕިއުޓި ކޮމިޝަނަރަށް އަންހެނަކު!

ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަގާމަށް އައްޔަންކުރައްވާފައިވާ ފާތިމަތު ދިޔާނާ

ކަސްޓަމްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޑެޕިއުޓި ކޮމިޝަނަރަށް އަންހެނަކު އައްޔަނުކޮށްފިއެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަނުކުރީ ފާތިމަތި ދިޔާނާ އެވެ. އޭނާއަށް މަގާމުގެ ލިޔުމާއި ފޮތިކޮޅު ހަވާލުކުރީ މިއަދެވެ. ލިޔުމާއި މަގާމުގެ ފޮތިކޮޅު ދިޔާނާއާއި ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދެވެ.

ކަސްޓަމްސް އިން ދިޔާނާއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ކަސްޓަމުގެ ތާރިހުގައިވެސް އަންހެން ބޭފުޅަކު ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް އަށް އައްޔަންކުރެއްވި ފުރަތަމަ ފަހަރުކަމަށެވެ. އަދި މިއީ މިންތީގެ ހަމަހަމަކަން ގާއުމުކޮށް އަންހެނުން ބާރުވެރިކުރުވުމަށް ކަސްޓަމުން ނެގި ހަރުދަނާ ފިޔަވަޅެއް ކަމުގައި ވަނީ ބުނެފައެވެ.

ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަނުކުރެއްވުމުގެ ކުރިން ދިޔާނާ އަދާކުރެއްވީ ޑެޕިއުޓީ ޗީފް ސުޕްރެންޓެންޑެންޓްގެ މަގާމެވެ. އޭނާ ވަނީ އެ ދާއިރާގައި 23 އަހަރު ހިދުމަތް ކުރައްވާފައެވެ. އަދި މިއީ ކަސްޓަމްސްގެ 133 އަހަރުވީ ދިގު ތާރީހުގައި މިފަދަ އިސް މަގާމަކަށް އަންހެނަކު އައްޔަނު ކުރި ފުރަތަމަ ފަހަރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-