-Advertisement-

-Advertisement-

މަޖިލިސް މެޖޯރިޓީ ނުލިބިއްޖެ ނަމަ މަޝްރޫއުތަކަށް ހުރަސްއެޅޭނެ، ވިސްނައިގެން ވޯޓު ދެއްވާ: ރައީސް

ރައީސް ޑރ. މުއިއްޒު

މަޖިލިސް މެޖޯރިޓީ ނުލިބިއްޖެ ނަމަ މަޝްރޫއުތަކަށް ހުރަސްއެޅޭނެ ކަމަށާއި އެހެނަކަމުން ކުރިއަށް އޮތް އިންތިހާބުގައި ވިސްނައިގެން ވޯޓު ދެއްވުމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ހުޅުމީދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރަކުން ކިތައްމެ ކަމެއް ރައްޔިތުންނަށް ކޮށްދޭން ބޭނުންވިޔަސް، ރައްޔިތުންގެ މަޖިލިސް ރައްޔިތުން ސަރުކާރާ އެއްކޮޅަށް ނުނިންމައިިފި ނަމަ ސަރުކާރުން ކޮށްދޭން ބޭނުންވި ކަންކަން ކުރުމުގައި ހުރަސް އެޅުމުގެ ފުރުސަތު އޮތްކަމަށެވެ.

އަދި ރައީސް އެދިވަޑައިގަތީ މަޖިލިސް އިންތިހާބުގައި ލާ ވޯޓަކީ ސިޔާސީ ކަމެއްގެ ބަދަލުގައި ރަށު ތަރައްގީއަށް، ސިޓީގެ ތަރައްގީއަށް އަދި ގައުމުގެ ތަރައްގީއަށް ލާ ވޯޓެއް ކަމަށް ވިސްނައިގެން ވޯޓުލުމަށެވެ.

ރައީސް ވިދާޅުވީ އަންނަ މާޗް 17، ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވަނިކޮށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-