-Advertisement-

-Advertisement-

ރާއްޖޭގެ ފުރަތަމަ ފްލޯޓިންގ ވިލާއާއި އެކު ހދ އަތޮޅުގެ ފުރަތަމަ ރިސޯޓް އަންނަ މަހު ހުޅުވަނީ

ފޮޓޯ؛ ސޮނެވާ

ހދ އަތޮޅުގައި ތަރައްޤީކުރި ފުރަތަމަ ރިސޯޓް އަންނަ މަހު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ސޮނެވާއިން މި ރިސޯރޓް ތަރައްގީކޮށްފައިވާއިރު މި ރިސޯޓްގެ ނަމަކީ ސޮނެވާ ސީކްރެޓްއެވެ.

ސޮނެވާ ސީކްރެޓަކީ 14 ވިލާއެއް ތަރައްޤީކޮށްފައިވާ ޕްރައިވެޓް އައިލެންޑެކެވެ.

މި ރިސޯޓް އެންމެ ޚާއްސަ ވެގެންދާނީ ރާއްޖޭގެ އެންމެ ފުރަތަމަ ފްލޯޓިންގ ވިލާ މި ރިސޯޓުގައި ހިމެނިފައިވުމުންނެވެ.

ސޮނެވާ ސީކްރެޓް ހުޅުވުމަށް ސޮނެވާއިން ތައްޔާރުވަމުން އަންނަނީ އަންމަ މަހުގެ 7 ވަނަ ދުވަހު އެވެ. އެގޮތުން ރެސޯޓު މާކެޓު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ސޮނެވާއިން އަންނަނީ ބ އަތޮޅުގައި ސޮނެވާފުށި ރެސޯޓާއި ނ އަތޮޅުގައި ސޮނެވާ ޖާނީ ރެސޯޓް ހިންގަމުންނެވެ. އެދެރިސޯޓަކީވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދެ ރެސޯޓެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-