-Advertisement-

-Advertisement-

ރައީސް މުއިއްޒު ގދ. އަތޮޅުގެ ރަށްތަކަށް ފުރާވަޑައިގެންފި

ވޯލްޑް ގަވަމަންޓް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފުރާވަޑައިގަންނަވަނީ /ފޮޓޯ: ރައީސް އޮފީސް

ދެކުނުގެ އަތޮޅުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ގދ. އަތޮޅުތަކަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް ގދ. އަތޮޅަށް ފުރާވަޑައިގެންނެވީ ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ހެނދުނެވެ.

ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު އެ އަތޮޅު ފަރެސްމާތޮޑާ، ފިޔޯރި، މަޑަވެލި، ތިނަދޫ އަދި ގައްދޫއަށް ރައީސް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސް އެ ހުރިހާ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ.

ގދ. އަތޮޅަށް ފަހު ރައީސް މާދަމާ ވަޑައިގަންނަވަނީ ގއ. އަތޮޅުތަކަށެވެ. ގއ. އަތޮޅުގެ ގެމަނަފުށި، ކޮނޑޭ، ވިލިނގިލި، ކޮލަމާފުށި އަދި ދާންދޫއަށް ވަޑައިގަންނަވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-