އިޖުތިމާއީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނެއް އިފްތިތާހުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްޕްލައިން އިފްތިތާހު ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއުއެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ހެލްޕިލައިންގެ ނަންބަރަކީ 1677 އެވެ.
އަދި މިއީ 24 ގަޑިއިރު, ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިދުމަތް ދޭ ގޮތަށް އުފައްދާފައިވާ ހެލްޕު ލައިންއެކެވެ.
މި ހެލްޕްލައިންގެ މަގުސަދަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހިތެރިވުމާއި، ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުމާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ހެލްޕްލައިން މެދުވެރިކޮށް ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޯށްދޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. އަދި ނަފްސާނީ ގޮތުން އުނދަގޫ ހާލަތްތަކާއި އިހްސާސްތައް ކުރިމަތިވާ ދަނޑިވަޅެއްގައި އެފަރާތްތަކަށް ސައިކޯ-ސޯޝަލް ސަޕޯޓްގެ އެހީތެރިކަން ފޯރުކޮށްދީ, ވާހަކަތައް ހިއްސާކުރެވޭނެފަދަ މާހައުލެއް ގާއިމުކުރުމަކީ ވެސް މި ހެލްޕްލައިނުގެ މަގުސަދެކެވެ.