-Advertisement-

-Advertisement-

ރައްދުވާ ފަރާތެއް ނެތް ގޮތަށް ރައީސް ވަކިކުރާ މައްސަލަ ކުރިއަށް ގެންދަނީ، މަޖިލީހުގެ އިއުތިރާޒެއް ނެތް!

ރައްޔިތުން މަޖިލީހުގެ މެމްބަރުން /ފޮޓޯ؛ މަޖިލިސް

ރައްދުވާ ފަރާތެއް ނެތް ގޮތަށް ރައީސް ވަކިކުރާ މައްސަލަ ކުރިއަށް ގެންދަން ހުށަހަޅައިފިއެވެ. މިގޮތަށް ކުރިއަށް ގެންދަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ އިއުތިރާޒެެއް އެކަމުގައި ނެތް ކަމަށް މަޖިލީހުން އެންގުމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ދައުވާ ރައްދުވާ ގޮތަށް މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށަހެޅުއްވީ ބަންޑާރަނައިބެވެ. ނަމަވެސް ފަހުން މިމައްސަލަ އެއްވެސް ފަރާތަކަށް ރައްދު ނުވާ ގޮތަށް ކުރިއަށް ގެންދިއުމަށް ބަންޑާރަނައިބް ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.

މި މައްސަލައިގެ ޝަރީއަތް މިއަދު ހެނދުނު 10:00 ޖެހިއިރު ވަނީ ފަށާފައެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި މިއަދު ހިނގަމުން ދިޔަ ނަމަވެސް މަޖިލިސް ތަމްސީލް ކުރާނެ އެއްވެސް ބޭފުޅަކު ޝަރީއަތުގެ މަޖިލީހުގައި ނެތެވެ.

ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރަން ގަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުއެވެ. އެއަށްފަހު ލިޔުމަކުން މަޖިލީހަށް ހުށަހަޅާ ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްއަށް ދޭން ޖެހޭ ކަމަށް އެ ގަވާއިދުތަކަށް އިސްލާހު ގެނައުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-