-Advertisement-

-Advertisement-

ވިލިނގިލީގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އަޅަން ހަވާލުކޮށްފި

ފޮޓޯ؛ ސަން އޮންލައިން

ގއ. ވިލިނގިއްޔަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު ރިޔާސީ ވައުދުފުޅުކަމަށްވާ ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތުގެ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފަހުމުނާމާގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ސޮއި ކުރި އިރު މި އެއްބަސްވުމުގައި ސޮއިކުރީ، ރައީސް މިހާރު ގއ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ވިލިނގިލީގައި މިއަދު ހެނދުނު އޮތް ޖަލްސާގައެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބެލްޖިއަން، ފެރްންޗު ކުންފުންޏެއްކަމަށްވާ ބޭސިކްސް ކޮންސްޓްރަކްޝަން ގްރޫޕާއެވެ.

މި ކުންފުންޏަކީ ޔޫއޭއީ، ދުބާއީގައި ބުރުޖު ޚަލީފާ ވެސް އިމާރާތްކުރުމުގައި ބައިވެރިވެ، މެއިންޓެނެންސް މަސައްކަތުގައި އުޅުނު ކުންފުންޏެވެ.

މި މަޝްރޫއު ނިމޭއިރު ތަރައްގީކުރާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • 17 ރިސޯޓު ތަރައްގީކޮށް، ގާތްގަނޑަކަށް 5،000 އުފައްދާނެ
  • މަތީ ފެންވަރުގެ މެރީނާތައް ހުންނާނެ
  • 2،000 މީޓަރަށްވުރެ ދިގު އެއާޕޯޓެއް
  • ހެލިޕެޑެއް ގާއިމްކުރާނެ

އަދި މި މަޝްރޫއާއެކު އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ވެސް ހިންގުން ކަމަށެވެ. އަދި ކޫއްޑޫ އެއާޕޯޓު ޓްރެއިނިން ސެންޓަރަކަށް ބަދަލުކުރެއްވުން ކަމަށް ވެސް ރައީސް އެއިރު ވިދާޅުވެފައިވެއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-