-Advertisement-

-Advertisement-

އަސްކަރީ ތަމުރީނަކަށް އިންޑިއާއާއި ލަންކާގެ މަނަވަރުތައް ރާއްޖެއަށް

ފޮޓޯ؛ އެމްއެންޑީއެފް

ޓްރައިލެޓަރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ-16 އަށް އިންޑިއާއާއި ސްރީ ލަންކާއިން ރާއްޖެ އަންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މިއަދު ބުނެފިއެވެ.

މިއީ ކޮންމެ ދެ އަހަރަކުން އެއް އަހަރު، ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކޮށް ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރަން ބާއްވާ ހަރަކާތެކެވެ.

މި އަހަރުގެ ޓްރައިލެޓަރަލް ޖޮއިންޓް އެކްސަސައިޒް ‘ދޯސްތީ-16’ އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކަމަށް އެމްއެންޑީއެފްގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ މި ހަރަކާތުގައި ބައިވެރިވާން އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓުގާޑުގެ އިތުރުން ބަނގްލަދޭޝްގެ އޮބްޒާވަރުން ވެސް އަންނާނެ ކަމަށެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު އިންޑިއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފަށާފައިވާ އެކްސަސައިޒެކެވެ.

މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވެފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައި ވަނީ 2021 ވަނަ އަހަރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-