-Advertisement-

-Advertisement-

މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނެއް އެމްޑީޕީން ހުށަހަޅައިފި

ފޮޓޯ؛ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނެއް އެމްޑީޕީން ހުށަހަޅައިފިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ، މި ބިލަކީ ވަކި ޕާޓީއަކުން އައްޔަން ކޮށްގެން ހޮވޭ ކެންޑިޑޭޓަކު ޕާޓީ ބަދަލުވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އާންމު ރައްޔިތުން ހިއްސާކުރަމުންދާތީ އެކަން ހުއްޓުވުމަށް ހުށަހަޅާފައިވާ ގާނޫނެއް ކަމަށެވެ.

ނަމަވެސް އެކި އެކި ސަބަބުތަކާހުރެ އެ ބިލުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ފުރުސަތު މަޖިލީހުގެ އިދާރާއިން ފަހިކޮށް ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިލުގެ ތަފްސީލް ދެއްވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ، ކުރިން އޮތް ގާނޫނުގެ އެންމެ ބޮޑު އެއް މައްސަލައަކީ ސިޔާސީ ޕާޓީއަކުން މެންބަރު ވަކި ކުރުމުން އެ މެންބަރެއްގެ ގޮނޑި ހުސްވުން ކަމަށެވެ.

އަދި މެންބަރަކު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެ ނަމަ އޭނާ ގޮނޑިން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށާއި އެ ބިލު މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް އެޖެންޑާ ކުރުމުގައި އިދާރީ ދަތިތަކެއް ހުރި ކަން ހިސާން ވެސް ފާހަގަ ކުރެއްވިއެވެ.

މަޖިލިސް މެންބަރުން އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލު ކުރާނަމަ ނުވަތަ އެ ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ފުރަތަމަ ފާސްކުރީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. އޭރު އެ ގާނޫނު އެކުލަވައިލީ 12 މެންބަރެއްގެ ގޮނޑި ގެއްލޭނެ ގޮތަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމަކާ ގުޅިގެނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-