-Advertisement-

-Advertisement-

އަކުރު ޓައިޕް: ދިވެހި ފޮންޓަށް އާ ކުރިއެރުމެއް

އަކުރުޓައިޕް ލޯންޗކުރި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އަކުރުޓައިޕް މީޑިއާ

ދިވެހި ފޮންޓްސް އަށް ޚާއްސަ ޕްރިމިއާ އޮންލައިން މާކެޓްޕްލޭސްގެ ގޮތުގައި ‘އަކުރު ޓައިޕް’ މިއަދު ލޯންޗުކޮށް, އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.

ދިވެހި ބަހާއި ސަގާފަތް އަދި ތަރިކަ މިނިސްޓްރީގެ އިއްޒަތްތެރި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ލޯންޗުކޮށް ދެއްވި އަކުރު ޓައިޕްގެ މަގުސަދަކީ ދިވެހި އަކުރުގެ އަގު ނުހަނު ބޮޑަށް ވަޒަން ކުރުމެވެ. މިނިސްޓަރު ވަނީ ދިވެހި ބަހަށް ލޯބި އާލާކޮށް، ބަހާއި އަދަބިއްޔާތު ދުނިޔޭގެ ފެންވަރުގައި ކުރިއެރުވުމަށް މިފަދަ ޕްލެޓްފޯމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަކުރު ޓައިޕް އަކީ ހަމައެކަނި މާކެޓް ޕްލޭސްއެއް ނޫނެވެ؛ އެއީ ހުނަރުވެރި ޑިޒައިނަރުންނާއި، ލިޔުންތެރިންނާއި، ޓައިޕް ފައުންޑްރީތަކާއި، ކްރިއޭޓިވް ބްރޭންޑްތަކުން ފަރުމާކޮށްފައިވާ ދިވެހީ ފޮންޓްތައް އެއްތަންކޮށްފައިވާ މުއްސަނދި ޕްލެޓްފޯމެކެވެ. ހުނަރުވެރިކަމާއި ފަންނުވެރިކަމާ އެކު ފަރުމާކޮށްފައިވާ މި ފޮންޓްތަކުން ދިވެހި އަކުރުގެ މުއްސަނދިކަމާއި ރީތިކަން އަދި ތާރީހާއި ސަގާފަތް ދައްކުވައިދޭނެއެވެ. ކޮންމެ ފޮންޓަކީ ވެސް ދިވެހި ބަހަށް އިތުރު ޝައުގުވެރިކަން އުފައްދާނެ ފޮންޓެކެވެ.

އަކުރު ޓައިޕް މާކެޓްޕްލޭސްގައި ފޮންޓް އުފައްދާ ފަރާތްތަކަށް އެމީހުންގެ ފޮންޓް ދައްކާލައި, ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަކުރު ޓައިފް ކޮންޓްރިބިއުޓަރ ޕްލެޓްފޯމް ވެސް ވަނީ ތަޢާރަފްކުރެވިފައެވެ. ކޮންޓްރިބިއުޓަރ ޕްލެޓްފޯމްގެ ޒަމާނީ ފީޗާސްތައް ބޭނުންކޮށްގެން ދިވެހި ފޮންޓްތައް ރަނގަޅަށް މާކެޓްކޮށް ޕްރޮމޯޓްކޮށް، ޕޮޓެންޝަލް ކަސްޓަމަރުންނާ ދެމެދު ގާތް ގުޅުމެއް އުފެއްދޭނެއެވެ.

މިހާރު މި ޕްލެޓްފޯމް ބޭނުންކުރާ 3 ކޮންޓްރިބިއުޓަރުންނާ އެކު އަކުރު ޓައިޕް އިން ވަނީ އެހެން ހުނަރުވެރި ފޮންޓް ފަރުމާކުރާ ފަރާތްތަކަށް ވެސް އެމީހުންގެ ފޮންޓްތައް ޑިސްޓްރިބިއުޓްކޮށް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ދިވެހި ފޮންޓް މާކެޓްޕްލޭސް – ‘އަކުރު ޓައިފް’ ގައި ޓައިޕޮގްރަފީގެ ޝައުގުވެރި ފަންނުވެރިކަމުގެ ތެރެއިން ދިވެހި ބަހުގެ ރީތިކަން ތަޖުރިބާކޮށްލުމަށް މި ޕްލެޓްފޯމާ ގުޅިވަޑައިގަންނަވާށެވެ. ‘އަކުރު ޓައިޕް’ގެ ގްރޭންޑް އޯޕަނިން އިވެންޓުގެ ތެރެއިން އެންކްރިއާ ސްޓޫޑިއޯ އިން ވަނީ ‘ފިލީ ޓައިޕް ފައުންޑްރީ’ގެ ނަމުގައި އަމިއްލަ ޓައިޕް ފައުންޑަރީއެއް ވެސް ތައާރަފްކޮށްފައެވެ. ‘ފިލީ ޓައިޕް ފައުންޑްރީ’ގެ ގިނަ އަދަދެއްގެ ފޮންޓްތައް މިހާރު އަކުރު ޓައިޕް މާކެޓުން ގަނެ ނުވަތަ ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

ދިވެހި ބަހުގެ ތަފާތު ތަޖުރިބާއަކަށް, ތާނަ އަކުރުގެ މުޅިން ތަފާތު ފަރުމާތަކެއް އިހްތިޔާރުކުރުމަށް https://www.akurutype.com އަށް ޒިޔާރަތް ކުރައްވާށެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-