-Advertisement-

-Advertisement-

މިހާލަތައް ގައުމު ވައްޓާލީ އެމް.ޑީ.ޕީ، ރައީސް މުއިއްޒެއް ނޫން: ރައީސް ޔާމީން

ރައީސް ޔާމީން ފުރޮންޓް އޮފީސްގައި ވާހަކަފުޅުދައްކަވަނީ. ފޮޓް: ދި ޕްރެސް

ގައުމު މިހާރު ވެއްޓިފައި އޮތް ހާލަތުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ އިދިކޮޅު އެމްޑީޕީން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ. ޔާމީން މިހެން ވިދާޅުވީ ރައީސް ޔާމީންގެ ތާއީދާއި އެކުގައި މަޖިލީސްއަށް ކުރިމަތިލައްވާ ބޭފުޅުންގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުނެވެ.

ރާއްޖެ މިއޮތް ހާލަތުގައި މި އޮތީ ރައީސް ޑރ. މުއިއްޒު މި ހާލަތަށް ރާއްޖެ ވައްޓާލައިގެންނެއް ނޫން ކަމަށާއި، އެ ހާލަތައް ރާއްޖެވައްޓާލީ  ވޭތުވެދިޔަ ފަސް އަހަރު ވެރިކަންކުރި އެމް.ޑީ.ޕީއިން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، މިއަދު އެމްޑީޕީގެ ބޭބޭފުޅުން މި ސަރުކާރަށް ދައުލަތް ހިންގަން ނޭނގޭ، ފައިސާ މެނޭޖްކުރާކަށް ނޭނގޭ އަދި ދަރަނި މެނޭޖްކުރަން ނޭނގޭ ކަމަށް ވިދާޅުވާއިރު މި ހާލަތަށް ވެއްޓޭ ވަރަށް ދަރަނި އުފެއްދީ ކޮން ބައެއްކަން ގަބޫލުފުޅުކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.

ދައުލަތުގެ މިނިވަން މުއައްސަސާތައް މިނިވަން ނޫންކަމަށް މިހާރު ބުނާކަމަށާއި, ނަމަވެސް އެ މުއައްސަސާތައް މިނިވަންނުކޮށް  މުށުތެރޭގައި ގެންއުޅުނީ ކޮންބައެއްކަންވެސް އިނގޭކަމަށް ވިދާޅުވިއެވެ.

“އެ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމްޑީޕީ މީހުން” ރައީސް ޔާމީން

ރައީސް ޔާމީންގެ ވާހަކަފުޅު މި ސަރުކާރު ދިފާއުކުރުމުގެ މޭރުމެއްގައި ހުރި ނަމަވެސް މި ސަރުކާރު ވެރިކަމާހަވާލުވިތާ ހަފްތާއެއް ތެރޭގައި ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެ އަމިއްލަފުޅު ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފައިއެވެ. ރައީސް މުއިއްޒުއާއި ރައީސް ޔާމީންގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް ރައީސްކަމަށް މުހައްމަދު މުއިއްޒު ހުވާކުރުމުގެ ކުރިންވެސް އުފެދިފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައިއެވެ.

ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާއި އެކު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ އިންތިހާބީ ރައީސްގެ އެދިލެއްވުމަށް ރައީސް ޔާމީން ގެޔަށް ބަދަލުކުރައްވާފައިއެވެ. އޭގެ ފަހުން ރައީސް ޔާމީންވަނީ ތަފާތު އެކި ސަޔާސީ ހަރަކާތުގައި ބައިވެރިވެފައިއެވެ.

ރައީސް މުއައްޒުގެ ކެމްޕޭނުގައިވެސް ވެރިކަން ލިބިއްޖެނަމަ ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށް ވިދާޅުވަމުން ދިޔަނަމަވެސް މިހާތަކަން އިތުރު ލުޔެއް ދީފައި ނުވެއެވެ.

ރައީސް ޔާމީން ދަނީ މަނީލޯނަޑަރ ކުރި ކަމަށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-