-Advertisement-

-Advertisement-

ރައީސް ބައިވެރިވަޑައިގަންނަވާ ‘އަހާ’ ފޯރަމް މިރޭ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު – ފޮޓޯ: ރައީސް އޮފީސް

‘އަހާ’ ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގަނަންވާނެ ކަމަށް ރައީސް އޮފީހުން ވަނީ މިއަދު ބުނެފައިއެވެ. ‘އަހާ’ ފޯރަމްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާއެކެވެ. މި ފޯރަމްގެ މަގުސަދަކީ ސަރުކާރުގެ އެކި ފަރާތްތަކަށް ރައްޔިތުން ސުވާލުކޮށް އޭގެ ޖަވާބު ލިބުމުގެ ފުރުސަތު ދިނުމެވެ.

ހުކުރު ދުވަހުގެރޭ (މިރޭ) މި ފޯރަމް ފަށާނީ 8:45 ގައި ސަލްޓަންޕާކުގައިއެވެ. މިއީ މި ސިލްސިލާގެ 2 ވަނަ ބައްދަލުވުމުވެ. މީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ މަހުގެ 25 ގައި އެވެ. އޭގައި ސަރުކާރުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެފައިއެވެ.

އެސްއެމްއެސްގެ ޒަރީޔާއިންނާއި ފޯރަމްގައި ބައިވެރިވެ ސީދާ ސުވާލުކުރުމުގެ ފުރުސަތު ރައްޔިތުންނަނަށް ލިބިގެންދާނެ ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އިޢުލާން ކުރައްވާފައެވެ. ހަމަ އެހެންމެ ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަންވެސް އެމަނިކުފާނު ވަނީ އިޢުލާން ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-