ރައީސްގެ ހަފްތާ14 ގައި އަންހެނުންނަށް ހާއްސަކޮށް ހުޅުވާ ފައިނޭންސިން ފެސިލިޓީ ވައުދުގެ ދަށުން އެސްޑީއެފްސީ އިން ވަނީ “ފަށާ މަދަދު” ލޯނާއި “ފަށާ މަދަދު ލީޒިން” ގެ ނަމުގައި ދެ ލޯން ސްކީމެއް ތައާރަފް ކޮއްފައިއެވެ.
“ފަށާ މަދަދު” އަކީ މިހާރުވެސް ވިޔަފާރިކުރާ ނުވަތަ އަލަށް ވިޔަފާރިފަށާ އަންހެނުނަށް ހާއްސަ ލޯނެކެވެ. އާމްދަނީ ކަށަވަރުނުކުރެވެމުގެ ސަބަބުން ބޭންކް ތަކުން ލޯން ލިބުން ދަތިވެފައިވާ ފަރާތްތަކަށް ހާއްސަ ލޯންއެކެވެ. މި ލޯންގެ ދަށުން 100,000 – 500,000 ރުފިޔާގެ ލޯނަކަށް ހުށައެޅޭނެއެވެ. ގްރޭސް މިއްދަތު 12 މަހާއި ހަމައަށް ދިގު ކޮއްލެވެއެވެ. ލޯން ދެއްކުން 7 އަހަރަށް ބަހާލެވޭ އިރުގައި މި ލޯނަށް ނަގަނީ އަހަރަކު %6 ގެ އިންޓްރެސްޓެކެވެ.
“ފަށާ މަދަދު ލީޒިން” އަކީ އަމިއްލަ މަސައްކަތް ކުރާ އަންހެނުނަށް ބޭނުންވާ ހަރުމުދާ ފޯރުކޮއްދޭ ސްކީމެކެވެ. މި ލޯންގެ ދަށުން 10,000 – 100,000 ރުފިޔާގެ ލޯނަކަށް ހުށައެޅޭނެއެވެ. ގްރޭސް މިއްދަތު 6 މަހާއި ހަމައަށް ދިގު ކޮއްލެވެއެވެ. ލޯން ދެއްކުން 5 އަހަރަށް ބަހާލެވޭ އިރުގައި މި ލޯނަށް ނަގަނީ އަހަރަކު %8 ގެ އިންޓްރެސްޓެކެވެ.
“ފަށާ މަދަދު” 3 މާރޗްއިން ފެށިގެން އެޕްލިކޭޝަން ހުށައެޅޭނެކަމަށް އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން މައުލޫމާތް ދެއްވައެވެ.