-Advertisement-

-Advertisement-

އެމްޑީޕީ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ހިންގި ހިޔާނާތުގެ މައްސަލައެއް އޭސީސީއިން ބަލަން ފަށައިފި

އޭސީސީގެ ބައެއް މެންބަރުން/ ފޮޓޯ: އޭސީސީ

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންތަކެއް ހިންގި ހިޔާނާތުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އޭސީސީން މިރޭ ބުނީ އެ މައްސަލައަކީ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ. އެ މައްސަލަ އަކީ ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް މީހުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ

އަދި އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލް އެ ކޮމިޝަނުން ހިއްސާ ކޮށްފައި ނުވެއެވެ.

އޭސީސީން ވަނީ މީގެ ކުރިންވެސް އެކި މުއައްސަސާ އާއި ކުންފުނިތަކުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-