-Advertisement-

-Advertisement-

ވިލިމާލެ ދެ ކަނޑުއޮޅިން ދަތުރު ކުރުން މަނާ!

ވިލިމާލޭގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކު އެމްބިއުލެންސް އަށް އަރުވަނީ---

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ ވިލިމާލެ-މާލެ އަދި ވިލިމާލެ-ގުޅީފަޅުގެ ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓު މިނިސްޓްރީއިން އޮތީ މަނާކޮށްފައި ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. އަދި މިނިސްޓަރު ވަނީ ދަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށް ވިދާޅުވެފައެވެ.

މިނިސްޓަރު މިފަދަިން ވިދާޅުވެފައި ވަނީ ވިލިމާލެ ކައިރިން ކަނޑުމަތީގައި ރޭ ހިނގި ލޯންޗު އެކްސިޑެންޓުގެ ސަބަބުންނެވެ.

ވިލިމާލޭ ވޯޓާސްޕޯޓްއާ ދިމާލުން ކަނޑުމަތިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި ޖުމްލަ 13 މީހަކަށް އަނިޔާވެގެން ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ތިލަމާލެ ބުރިޖު މަޝްރޫއު ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުނީގެ 10 މީހަކާއި، އަނަންތާރަ ރިސޯޓުގެ ލޯންޗުގައި ތިބި ތިން މީހަކު ހިމެނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 7:48 ހާއިރުއެވެ. އައިޖީއެމްއެޗުން ބުނީ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ދެ މީހުންގެ އިތުރުން އަނިޔާވި އެކަކަށް ވޯޑުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި، އެ ހޮސްޕިޓަލަށް ގެންދިޔަ އިތުރު މީހުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-