ވިސާގެ ކަންކަން ފަސޭހަކުރުމާ އެކު، ގާނޫނީ ވެރިކަން ދެމެހެއްޓުން ހިމެނޭހެން، އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެ އާއި އެމެރިކާއާ ދެމެދު މަޝްވަރާ ކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޑެޕިއުޓީ ސްޓޭޓް ސެކްރެޓަރީ ރިޗަޑް ވަރަމްއާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލުކުރައްވާފައިވާކަމަށާއި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ހަރުދަނާ ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށެ
ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ:
-
ވިސާ ލިބުމުގެ ދިމާވާ ދަތިތައް ހައްލުކޮށް އެކަން ފަސޭހަ ކުރަން
-
ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ ގުޅުންތައް ބަދަހިކުރަން
-
ޑިމޮކްރެޓިކް އުސޫލުތަކާއި ގާނޫނީ ވެރިކަން ދެމެހެއްޓުން
-
އިގްތިސާދީ ތަނަވަސްކަން ފުޅާކުރަން
-
ދިފާއީ އަދި ބޯޑާ ސެކިއުރިޓީ ކަންކަމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރަން
-
ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރުކުރުން
-
ޓޫރިޒަމްގެ ގުޅުންތައް ފުޅާކުރުމަށެވެ.
މި ބައްދަލުވުމުގައި އެމެރިކާއިން މި ސަރުކާރަށް ދޭ އެއްބާރުލުން ފާހަގަކޮށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ޝުކުރު އަދާކޮށްފައެވެ.