އަންނަ މަހުން ފެށިގެން ފުލުހުންނާއި ސިފައިގެން މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށް ގެންދާ “އަހާ ފޯރަމް“ގެ ދެވަނަ ފޯރަމް ރޭގައި ބާއްވާފައި ވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ބައިވެރިވެ ވަޑައި ގަންނަވާފައިއެވެ.
މި ފޯރަމުގައި ފުލުހުންގެ މުސާރަ ބޮޑުވާނީ ކޮން އިރަކުންތޯ އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަންނަމަހުން ފެށިގެން ފުލުހުންނާއި ސިފައިގެން މުސާރަ ބޮޑުކުރެެއްވުމަށް ނިންމަވައިފައިވާ ކަމަށެވެ.
އެކަމަކު މި ކަމާ ގުޅުން ހުރި އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން ސެޕްޓެންބަރު 15ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންރައީސް ޑރ. މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.