-Advertisement-

-Advertisement-

ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ އެންމެ ބޮޑަށް އެއްބާރުލުން ބޭނުންވާ އިންތިހާބު: ރައީސް

ފޮޓޯ: ނިއުސްލެބް

ރާއްޖޭގެ ގާނޫނީ ނިޒާމު ރޭވިފައިވާ ގޮތުން މަޖިލިސް އިންތިހާބަކީ ސަރުކާރަށް ވަރަށް މުހިއްމު އިންތިހާބެއް ކަމަށާއި ސަރުކާރު ކުރިއަށް ދާނެ ގޮތުގެ މަގު ކަނޑައެޅޭނީ އެ އިންތިހާބުގެ ނަތީޖާ އިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވަނީ ވާހަކަފުޅު ދައްވާފައިއެވެ. މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގަތް ވައުދުފުޅުތައް ފުއްދެވުމަށް މަޖިލިސް އިންތިހާބަކީ ވަރަށް މުހިއްމު އިންތިހާބެއް ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު  ރައްޔިތުންނަށް ވެވަޑައިގަތް ވައުދުފުޅުތައް ފުއްދެވުމަށް ދެވެން އޮތް ގޮތަކުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަތް ރައީސް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ އެމަނިކުފާނަށް އެންމެ ބޮޑަށް އެއްބާރުލުން ބޭނުންވާ އިންތިހާބު ކަމަށް ވިދާޅުވެފަ އެވެ.

މިދަތުރު ފުޅުގައި ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅައި އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވަމުން ދާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކިތައްމެ ބޮޑު މަޝްރޫއެއް ހިންގަން ބޭނުންވިޔަސް، ގާނޫނެއް ހަދައިގެން ވެސް، ގާނޫނަކަށް ބަދަލެއް ގެނެސްގެން ވިޔަސް، އަދި އެ ނޫން ގޮތަކުން ވިޔަސް ރައްޔިތުންގެ މަޖިލީހަށް ހުއްޓުވެ އެވެ. އަދި އެކިއެކި ބަދަލުތައް ގެނައުމާއި ހުރަސްތައް ވެސް ކުރިމަތިކުރުވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-