ނީލޯފަރު މަގު ގޯޅިއެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު ފަތިހު 05:27 ގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ވަނީ ރިޕޯރޓްކޮށްފައިއެވެ.
އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ގެންދާ ކަމަށާއި އެއީ 32 އަހަރުގެ ދިވެހި ފިރިހެއްކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައިއެވެ.
ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.