-Advertisement-

-Advertisement-

ރޯދައިގެ ކުރިން އާސަހަރާ ބޭނުންކުރަން ފަށަނީ

މަރާމާތު ކުރަމުން އަންނަ އާ ސަހަރާ ރޯދައިގެން ކުރިން ބޭނުން ކުރަން ފެށޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާ ސަހަރާ މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އެތަނުގައި ހުރި ބާ އިމާރާތް ތަޅާލައި މިސްކިތުގެ ޖާގަ ބޮޑުކޮށް، ލައުންޖަކާއި ހިނަވާގެއެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިކަމާއި ގުޅޭ ގޮތުން މޭޔަރު އާޒިމް ވިދާޅުވީ އެ ތަނުގައި މިހާރު ކުރަމުން އަންނަނީ ސަހަރާގެ ސްޓަރަކްޗާގެ މަސައްކަތް ކަމަށާއި  ކައުންސިލްގެ ވިސްނުމަކީ ވީހާވެސް އަވަހަކަށް އެކަން ނިންމޭނެ ގޮތެއް ހޯދުން ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަމަސް ފެށޭނީ މާޗު 11ގަ އެވެ.

އާ ސަހަރާ މަރާމާތުކުރާތީ ޖަނާޒާ އާއި މީހުން ވަޅުލަނީ ވެސް ހުޅުމާލޭގެ އެވެ.

އާ ސަރަހަރާ އަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

އެ މަސައްކަތް 4.9 މިލިއަން ރުފިޔާއަށް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. ނަމަވެސް، އެއް މަސް ދުވަހަށް ހަވާލުކުރި މަސައްކަތް ނުނިމި ދިގުލައިގެން ދާން ފެށުމުން ކައުންސިލުން އެ އެއްބަސްވުން ބާތިލުކުރި ނަމަވެސް، އޭރު އޮތީ އެ ކުންފުންޏަށް 3.6 މިލިއަން ރުފިޔާ ދައްކާފައި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-