-Advertisement-

-Advertisement-

ސޮވެރިން ފަންޑަށް ތިން މަސްތެރޭގައި 30 މިލިއަން ޑޮލަރު ޖަމާކޮށްފި: ސައީދު

ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ރައީސް މުއިއްޒު މިހާރު ތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހއ. ކެލާއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެސްޑީއެފަކީ ދައުލަތުގެ ދަރަނި އަދާކުރަން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ. ސައީދަކީ އޭރުގެ ވެސް އިކޮނޮމިކް މިނިސްޓަރެވެ.

ސައީދު އިތުރަށް ވިދާޅުވީ 17 ނޮވެންބަރުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބާކީ ހުރީ 2 މިލިއަން ޑޮލަރާއި 2.4 މިލިއަން ރުފިޔާ ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް މުއިއްޒު ޗާޕު ކުރުން ނިމުމަކަށް ގެންނަވާ، ދުނިޔެ ގަބޫލުކުރާ ރިފޯމަށް އެމަނިކުފާނު އިސްކަންދެއްވި ކަމަށެވެ. އަދި އެއީ ގައުމުދެކެ ލޯބިވާ ވެރިން ކަމަށާއި މިހާރު އެ ދާ ގޮތަށް ދާ ނަމަ މި އަހަރު ނިމޭއިރު 130 މިލިއަން ޑޮލަރު ދިވެހި ރައްޔިތުންގެ ފަހަށް ރައްކާކުރާ ފަންޑަށް ޖަމާވާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-