-Advertisement-

-Advertisement-

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި

އެމްޓީއޭ އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: ސަން

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)ގެ ނަމުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް ޖަމިއްޔާއެއް އުފައްދައިފިއެވެ.

އެމްޓީއޭގެ ވަގުތީ ރައީސް މުހައްމަދު އަމީތު މި ޖަމިއްޔާ އިފްތިތާހު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ގުޅިފައި ހުރީ އިގްތިސާދީ މައްސަލަތަކާކަމަށާއި އެމްޓީއޭ އުފެއްދުމުގެ މަގްސަދަކީ ސިޔާސީ ފަރާތްތަކާއި ރައްޔިތުންނާއި ވިޔަފާރިވެރިންނާ ގުޅިގެން މަސައްކަތްކުރާނެ ޖަމިއްޔާއެއް ހޯދައިިދިނުން ކަމަށެވެ.

އަދި މިއަދާ ހަމައަށް ވިޔަފާރީގެ ދާއިރާއިން މަސައްކަތްކޮށް ވަކާލާތު ކުރާނެ ޕްލެޓްފޯމުތަކެއް ނެތްކަން ފާހަގަކުރައްވާ އަމީތު ވިދާޅުވީ އެމްޓީއޭ މެދުވެރިކޮށް ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެކަމަށެވެ.

މީގެއިތުރުން މާލެ ސިޓީ މޭޔަރު އާދަމް އާޒިމް މި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމްޓީއޭ މެދުވެރިކޮށް މާލެ މާރުކޭޓުތަކުގައި ބިދޭސީން ހަރަކާތްތެރިވާތީ ވިޔަފާރިވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މިކަމަށް ހަރުދަނާ ނިޒާމެއް ގާއިމު ކުރަން ޖެހިފައިވާ ކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-