-Advertisement-

-Advertisement-

ރާޅާއަޅާ ކަނދު އުފުލަން މޯލްޑިވިއަނުން ނަގާ ޗާޖު ކުޑަކޮށްފި

ކުދިބަޔަކު ރާޅާ އަޅާނީ / ފޮޓޯ: ސޯޝަލް މީޑިއާ

ރާޅާއަޅާ ކަނދު އުފުލަން މޯލްޑިވިއަނުން ނަގާ ޗާޖު ކުޑަ ކޮށްފިއެވެ.

މި ބަދަލަކީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ “ރައީސްގެ ޖަވާބު” ސިލްސިލާގެ ތެރެއިން ގދ. ގައްދޫ، ފެހިވިނަ، އަހްމަދު ރަޝީދު ކުރެއްވި ސުވާލަކަށް ރައީސް ދެއްވި ޖަވާބެކެވެ.

އެގޮތުން ފަތުރުވެރީން ބޭނުންކުރާ ކަނދު، މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން އުފުލުމަށް ނަގާ ފީ ބޮޑުކަން ފާހަގަކޮށް އަހްމަދު ރަޝީދު ބުނީ ދެކޮޅި ޓިކެޓު އަދި އެ ފީ އާއެކު ފަތުރުވެރިއެއްގެ އަތުން 800 އެއްހާ ޑޮލަރު ހޭދަވެގެންދާ ކަަމަށް ބުނެ އެކަމަށް ބަދަލެއް ގެނެސްދެއްވުމަށް އޭނާ ވަނީ އެދިފައެވެ.

މިކަމަށް ރައީސް ވަނީ  ކަމާ ގުޅުން ހުރި އިދާރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު އަގުތަކަށް ރަނގަޅު ބަދަލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، މޯލްޑިވިއަނުން ވަނީ އެ އަގުތައް ކުޑަ ކޮށްފައެވެ. އެގޮތުން މޯލްޑިވިއަންއިން މިއަދު ބުނީ ސާރފް ބޯޑު ގެނައުމަށް ނަގާ ޗާޖު 33 ޕަސެންޓާއި 66 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށެވެ. އަދި ބޯމިނުގައި 6 އިންޗާއި 10 އިންޗާއި ދެމެދު ހުންނަ ސާފް ބޯޑުތަކުން ނަގާ ޗާޖު 33 ޕަސެންޓަށް ކުޑަކޮށްފައިވާއިރު 5 އިންޗާއި ހަމައަށް ބޯމިން ހުންނަ ސާފް ބޯޑުތަކުގެ ޗާޖު 66 ޕަސެންޓު ވަނީ ކުޑަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-