-Advertisement-

-Advertisement-

ފަރުކޮޅުން ފެނުނު ކިނބޫ ބޭރު ކަނޑަށް ދޫކޮށްލައިފި

ށ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ފަރުކޮޅުން ފެނުނު ކިނބޫ ރާއްޖެ ނާދެވޭ ހިސާބަށް ބޭރު ކަނޑަށް ދޫކޮށްލައިފިއެވެ

މި ކިނބޫ ފެނުނީ ދަރުކޮޅަށް ދަތުރު ދިޔަ ބަޔަކަށެވެ. މި ކިނބުލާއި އެމްއެންޑީއެފުން ހަވާލުވެ، އިއްޔެގެ ވަގުތެއްގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ދޫކޮށްލާފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކިނބޫ ދޫކޮށްލެވުނީ އޮއިވަރު ހުރި ގޮތަށް ބަލާފައި ކިނބޫ އަނބުރާ ރާއްޖެ އައުމުގެ ފުރުސަތު ކުޑަވާ ގޮތަށް ބޭރު ކަނޑަށް ކަމަށެވެ.

މި ކިނބުލުގައި 12 ވަރަކަށް ފޫޓު ހުންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފަރުކޮޅަށް ދަތުރު ދިޔަ މީހުންނަށް ކިނބޫ ފެނިގެން އެ ހިފަން ފުރަތަމަ ކުރި މަސައްކަތް ނާކާމިޔާބުވެ ރަށަށް އަރައި އޮތް ކިނބޫ ވަނީ މޫދަށް ފައިބައިގެން ގޮސްފައެވެ. އޭގެ ފަހުން ފުލުހުންނާއި އާންމުންގެ ބަޔަކު ގުޅިގެން ވަނީ ކިނބޫ ހިފައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-